ޗައިނާގެ ވިޔަފާރި ފެއާއެއްގައި ބައިވެރިވާން ހުޅުވާލައިފި

އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ 22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއާ (ސީއޭޓީއެފް) ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އޮންނާނީ އަންނަ އޮކްޓޯބަރު 17-19 އަށް ޗައިނާގެ ޓިއަންޖިންގައި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސީއޭޓީއެފ އަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާ، ސީފުޑާއި މަސްވެރިކަމުގެ ދާއިރާ އަދި އިމްޕޯޓާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން، އާންމު ފަރާތްތަކުން ޒިޔާރަތްކުރާ ފެއާއެކެވެ. މި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ތަފާތު އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ.

އެހެންވެ މި ފެއާގައި ބައިވެރިވާން ރަޖިސްޓްރީކުރާ ފުރަތަމަ ދިވެހި ވިޔަފާރިތަކަށް އަށް ބޫތު ފީ އާއި ބޫތުގެ ކޮންސްޓްރަކްޝަން ޚަރަދުތައް ޗައިނާގެ އެގްރިކަލްޗަ އެންޑް ރޫރަލް އެފެއާޒް މިނިސްޓްރީން ހިލޭ ފޯރުކޮށް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފެއާގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބުނު ވަރަށް ރަނގަޅު މުހިންމު ފުރުޞަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެން ވިޔަފާރިތަކަށް ފެއާގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީ ވާނީ މި މެއިލް international@trade.gov.mv މެދުވެރިކޮށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.