
ހަތަރު މަސް ފަހުން އާރުޑީސީގެ ޗެއާރމަނަކަށް ޝާމީ އައްޔަންކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ޗެއާމަނަކަށް ކުރިން އެ މަޤާމުަގައި ހުންނެވި މުހައްމަދު ޝާމީ އާދަމް އައްޔަންކޮށްފި އެވެ.
މިއަދު ޝާމީ މި މަޤާމަށް އަނބުރާ އައްޔަން ކުރެވުނު އިރު މީގެ ހަތަރު މަސް ކުރިން ޝާމީ ވަނީ މި މަޤާމުން ދުރުކުރެވިފައެވެ. އެހެން ނަމަވެެސް އޭރު މަޤާމުން ދުރުކުރެވުނު ސަބަބެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
އަލުން އެ މަގާމަށް ޝާމީ އައްޔަންކުރިއިރު މި ފަހުން ވަނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަށް ބަދަލުކޮށްފަ އެވެ.



