ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ފެން ތާނގީ ބޭނުންކުރަން ފަށައިފި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގީ ބޭނުން ކުރަން ފަށައިފިއެވެ.

ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތާނގީ ބޭނުންކުރަން ފައްޓަވާ ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

34.7 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީން ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގީއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 80 އިންސައްތަ އިތުރުވެގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް އިތުތުވެފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ތާނގީ ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ތާންގިއާއެކު، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތި ނުވެ ފެން ފޯރުކޮށްދިނުމުގެ ޔަޤީންކަން ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފެން އުފައްދާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް މިނިސްްޓަރު މުއްތަލިބް ވިދާޅުވިއެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.