
ތިލަދެކުނު ޤުރްއާން މުބާރާތުގެ ފަޚްރުވެރި އެއްވަނަ ވައިކަރަދޫ ދަރިވަރަކަށް
ތިލަ ދެކުނު ޤުރްއާން މުބާރާތުގެ ފަޚްރުވެރި އެއްވަނަ ވަައިކަރަދޫ ދަރިވަރު ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްތޯފް މުޙައްމަދު ޝަފީޤު، ކަނބުރު، ހދ. ވައިކަރަދޫ ހޯދައިފި އެވެ.
މި މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަކުން 15 ސްކޫލަކުން ވާދަކުރި އެވެ. ސްކޫލް ބައިގައި ޖުމްލަ 168 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން ވަނީ ބައިވެރިވެފަ އެވެ.
މި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ.
މުބާރާތުގެ ނިންމިމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.



