
ގިނަ ކައުންސިލް ތަކަކާއި ދެކޮޅަަށް ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލު ރާއީސް ތަސްދީޤް ކުރައްވައިފި.
ކައުންސިތަކަަށް ލިއްބައިދޭ ބާރުތައް ހަނިކުރުމަަށް ގިނަ ކައުންސިލް ތަކެއް އެދެމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ގާނޫނުގެ އިސްލާހު ބުރާސްފަތި ދުވަހުގެ ރޭ ތަސްދީގުކުރައްވައިފި އެވެ.
ކައުންސިލްތަކަށް ލިއްބައި ދީފައިވާ ބާރުތަައް ހަނިވާ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި މަޖްލިސް ޖަލްސާގައެވެ. އޭރުވެސް ގިނަ ކައުންސިލް ތަކުން ދިޔައީ މި ގެނެވުނު ބަދަލަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް މި ބިލް ފާސް ކުރެވިފައިވަނީ އެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާޢީދާއި އެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 07 މެންބަރުންނެވެ.
އިސްލާހް ކުރެވުނު ލާމަރުކަޒީ ޤާނޫނަށް ބަލާއިރު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ އެވެ.
ސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި މީގެ އިތުރުނުް ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުރު ހަމަވުމާ ދެމެދު އަހަރެއްހާ ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުގެ މަތީން ނޫން ގޮތަކަށް ބައެއް ކަންކަން ނުކުުރުމެވެ. އެ ގޮތުން ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެ އެވެ.
ބިލް މަޖިލީހުގެ ތަޅުމަށް ބަހުސް ކުރެވުނު ހިސާބުން ގިނަ ކައުންސިލްތަކުން ވަނީ މި ބިލަަށް ދެކޮޅު ހަދައި އަޑު އުފުލާފައެެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން ވަނޯ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއި އެބޭފުޅުންގެ ހުރި ކަަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އަދި ބިލް ތަސްދީޤް ނުކުރުމަށް ގޮަވާލާފަ އެވެ.
އަދި މީގެ އިތުރުން ބ އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއީޒު ކުރެއްވި ދަތުރު ފުޅުގައި އަތޮޅު ދޮންފަނު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވެސް ހިމެނެއެވެ. އިރުޝާދު ވިދާޅުވީ ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުންމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން ކަމަށާއި އެއީ ކައުންސިލްގެ އިމާރާތަކަށް ވުރެ ވެސް މާ މުހިންމު ކަމެއް ކަމަށެވެ