
މަސްތުވާ ތަކެތި އެތެރެ ކުރުމުން ރާއްޖޭގައި މަރުގެ އަދަބު ނުދިނުމަށް ބޭރުގެ ނުވަ ޖަމިއްޔާ އަކުން ގޮވާލައިފި
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ނުވަ ޖަަމިއްޔާ އަކުން ބުދަ ދުވަހު ގޮވާލައިފި އެވެ.
މަސްތުވާ ތަކެތީގެ މައްސަލަ ބޮޑުވެ ދިވެހި ޒުވާން ޖީލު ހަލާކުގެ ތެރެއަށް ވެއްޓެމުން ދާތީ މިކަން ހުއްޓުވުމަަށްޓަކައި ހުސްވި ޖުލައި މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއީޒު ވަނީ މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހް ގެނައުމަަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބިލުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް އެކަން ދިރާސާކުރަން އަންގަވައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މަރުގެ އަދަބު ދިނުމަށް ދެކޮޅު ހަދާފައިވާ ޖަމިއްޔާ ތަކަަކީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއާއި އެންޓި ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކްއާއި ކެޕިޓަލް ޕަނިޝްމެންޓް ޖަސްޓިސް ޕްރޮޖެކްޓްއާއި ހާމް ރިޑަކްޝަން އިންޓަނޭޝަނަލްއާއި ހިއުމަން ރައިޓްސް ވޮޗްއާއި އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސްއާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއާއި ވޯލްޑް ކޯލިޝަން އެގެންސްޓް ދަ ޑެތު ޕެނަލްޓީ އެވެ.