
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ އާ ޓާރމިނަލްގެ ޚިދުމަތް ފުރަތަމަ ހޯދި ބޭރު އެއާރ ލައިން އަކަށް އެއާރ އަރަބިއާ
ވެލާނަރ އިންޓަނޭޝަނަލް އާ ޓާރމިނަލް ގެ ހިދުމަތް ފުރަތަމަ ހޯދި ބޭރުގެ އެއާރލައިން އަކަށް އެއާރ އެރެބިއާގެ ފްލައިޓް ނަމަބަރު G3991 ވެއްޖެވެ.
އޭވިއޭޓާސް މަޯލްޑިވްސް ނަމުގައި ރާއްޖެ ދަތުރު ކުރާ ފްލައިޓް ތަކުގެ މައުލޫމާތު އާއްމު ކުރާ ޓެލެގްރާމް ޕޭޖްގައި ވާ ގޮތުން އެއާރ އެރެބިޔާގެ ފްލައިޓް އާ ޓާރމިނަލް އަށް ޖައްސާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އާ ޓާރމިނަލް ހުޅުވި ފަހުން ޓާރމިނަލްގެ ހިދުމަތް މީގެ ކުރިން ހޯދާފައިވަނީ ހަމަ އެކަނި ދިވެހިރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަން އެކަންޏެވެ.
ވެލާނާ އިންޓަނޭޝަލް އެއާރޕޯރޓް އާ ޓާރމިނަލް ހުޅުވާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކު ދިވެހިރާއްޖޭގެ ފަސްދޮޅަސްވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 26 ޖުަލައި 2025 ވަނަ ދުވަހުއެވެ.