
ސްޓޯންސް ހޮޓެލް އީއައިއޭއިން ޖޫރިމަނާ ކޮށްފި
ސްޓޯންސް ހޮޓެލްގެ ފަރާތުން ކ. ދިއްފުށީގައި އިމާރާތް ކުރަމުން ދިޔަ ގެސްޓްހައުސް އީއައިއޭގެ މަރުހަލާ ފުރިހަމަ ކޮށްފައި ނުވާތީ ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރްމަންޓަލް މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ދެފަހަރެއްގެ މަތިން އެންވަޔަރްމަންޓަލް މިނިސްޓްރީއަށް އިމާރާތް ކުރުމާއި ގުޅޭ ގޮތުން ހުށަހެޅި ރިޕޯޓްތަކުގައި މަސަައްކަތް ކުރަމުން ގެންގޮސްފައި ވަނީ މިނިސްޓްރީގެ ހުއްދަ ނެތި ކަމަށް އެ ކުންފުނިން އެއްބަސްވެފައި ކަމަށެވެ.
އެހެންކަމުން، ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި، ކ. ދިއްފުށީގައި ސްޓޯން ހޮޓެލްސް ޢިމާރާތްކުރުމުގެ މަސައްކަތްކޮށް ނިންމާފައިވާތީ، ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން އެ މަޝްރޫޢުގެ ވެރިފަރާތް ކަމުގައިވާ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 20,000/- (ވިހިހާސް) ރުފިޔާއިން 10 އޮގަސްޓް 2025 ގައި ވަނީ ޖޫރިމަނާ ކުރެވިފަ އެވެ. އަދި، މި ޖޫރިމަނާގެ ޖުމްލަ ޢަދަދަށްވާ ފައިސާގެ ޢަދަދު ކަމުގައިވާ 20,000/- (ވިހިހާސް) ރުފިޔާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކެވުމަށް އެ ފަރާތަށް ވަނީ އެންގާފަ އެވެ.