
މިދިޔަ މަހު މަރާލި މޫސަގެ ޖަނާޒާ މާދަމާ ބައްވަނީ
ރަހުމު ކުޑަ ގޮތަކަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ލ. މާވަށުގައި މަރާލިމޫސާ އިބްރާހިމްގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށް ފަހު ބާއްވަން ހަމަޖައްސައިފި އެވެ.
މޫސަގެ ޖަނާޒާ މާދަމާ ބޭއްވުމަށް ހަމަޖައްސާފައި މި ވަނީ މަރުގެ އިތުރު ތަޙްޤީޤްތައް ކުރުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށްފަހު އަނބުރާ މިއަދުގެ ވަގުތެއްގަައި މާލެ ގެނައުމަށްފަހު އެވެ.
މި މަރުގައި އަމިއްލައަަށް މޫސަ މަރާލި ކަމަށް އެއްބަސް ވެފައިވާ ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.