ބޭންކުތަކަށް މާރުކުރި ޑޮލަރުގެ އަދަދު 362 މިލިއަނަށް

ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއި އެކު މިހާތަނަށް ބޭންކުތަކަށް މާރުކުރި ޑޮލަރުގެ އަދަދު 362 މިލިއަނަށް އަރާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފިއެވެ.

ބޭރު ފައިސާގެ ގާނޫނެއް އެކުލަވާ އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ގާނޫނުގެ ދަށުން ކުރަން ޖެހޭކަންކަން 

  • ރިސޯޓުތަކަށް ލިބޭ އާމްދަނީން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހޭ
  • ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަކުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކަށް މާރުކުރި ޑޮލަރުގެ އަދަދު ވަނީ 362 މިލިއަނަށް އަރާފައެވެ. އޭގެތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ވަނީ ބޭންކުތަކުން ދީފައެވެ. އޭއީ 217 މިލިއަނަށް ވުރެ ގިނަ ޑޮލަރުއެވެ.

އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުގެ ފުރަމަ 6 މަސް ދުވަހު 88 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވާކަމަށެވެ. އަދި މިއަހަރު ލޯނުތަކަށް 174 މިލިޔަން ޑޮލަރު ދައްކާފައިވާކަންވެސް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން ބޮންޑު ދެއްކުމަށް 27.5 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށްވެސް ބޭންކުން ބުނެއެވެ.

ޑޮލަރު ބޭންކަށް މާރުކުރުމުން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން ވިއްކާ ޑޮލަރު 500 އިން 1،000އަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިތުރު ކުރެވޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ކްރެޑިޓް ކާޑުގެ ލިމިޓު ދެ ގުނަ ބޮޑުކޮށް، ޓީޓީ ހެދުމުގެ ކަންތައްތަކަށްވެސް އިތުރު ފުރުސަތު އޮންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 ޕަސެންޓު ބޮޑުކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ މިދިޔަ މަހުގެ 22 ގައި ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.