
ކުޅުދުއްފުށީ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި
ކުޅުދުއްފުށި ސިޓީގައި ހަދަން ނިންމި ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ކުޅުދުއްފުށީ ޓިވެޓް ސެންޓަރު މަޝްރޫއު މިދިޔަ މަހުގެ ތެރޭގައި ހަވާލުކޮށްފައި އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދަނާލަކާ އެކު ތަރައްގީކުރާ ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމުގެ ވަޞީލަތްތަކާއެކު، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު ލެވެލް ގެ ކޯސްތައް ހިންގާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ކުޅުދުއްފުށީ ޓިވެޓް ސެންޓަކީ ތިން ބުރިއަށް 27600.2 އަކަފޫޓްގެ ބިމެއްގައި ހަދާ ތަނެކެވެ.