އިސްލާމީ ދާއިރާގެ 14 އިމާރާތެއް އަޅަން ހަވާލުކޮށްފި

އިސްލާމީ ދާއިރާގެ 14 އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެތެރޭގައި ހިމެނެނީ ދެ ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށާއި، އެއް ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އިތުރުން 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނަށް 11 މަޝްރޫއެއް ހަވާލުކޮށްފައިވާއިރު އެމްޓީސީސީއަށް ވަނީ ތިން މަޝްރޫއެއް ހަވާލުކޮށްފަ އެވެ.

އެެގޮތުން 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން ހަމަޖެހިފައިވަނީ ހއ. ބާރަށް، ހދ. ނެއްލައިދޫ، ށ. ނޫމަރާ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ބ. މާޅޮސް، އެ އަތޮޅު ކުޑަރިކިލު، އއ. ފެރިދޫ، ތ. ވޭމަންޑޫއާއި ހިރިލަންދޫ އަދި ސ. ފޭދޫ ގަ އެވެ. ގުރުއާނާ ބެހޭ މަރުކަޒު އަޅަން ހަމަޖެހިފައިވަނީ ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގަ އެވެ. އަދި އިސްލާމީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވަނީ ށ. ފޯކައިދޫގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ މިއަދު ސޮއިކުރެވުނު މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެވިގެންދާނެ ކަމަށެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، އަދި ރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވި އެވެ.

މި ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށާއި މިކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތު ޝަހީމް ފާހަގަކުރެއްވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.