މޯލްޑިވިއަނުން މި އަހަރު ދެކުނު އެފްރިކާ އަށް

ގައުމީ އެއާލައިން، މޯލްޑިވިއަނުން މި އަހަރުގެ ތެރޭގައި ދެކުނު އެފްރިކާ އަށް ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

މާލެ އާއި ޖޮހަނަސްބާގާ ދެމެދު ދަތުރުތައް ފަށަން ތައްތާރުވާތީ މިދިޔަ އަހަރުގެ ތެރޭގައި ދެކުނު އެފްރިކާ އަށް ޖެނެރަލް ސޭލްސް އެޖެންޓެއް ހޯދަން ވެސް އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން އިއުލާންކުރި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ދެކުނު އެފްރިކާގެ ވެރިރަށް، ޖޮހަނަސްބާގުން ސީދާ ރާއްޖެ އަށް މޯލްޑިވިއަނުން ދަތުރުތައް ފެށުމުން ދެކުނު އެފްރިކާ އިން ރާއްޖެ އަންނަން ނަގާ ވަގުތު ވެސް 24 ގަޑިއިރުން 8 ގަޑިއިރަށް ކުޑަވެގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ޖަރުމަނަށް ވެސް ދަތުރުތައް ފަށަން މޯލްޑިވިއަނުން އޮތީ ޕްލޭންކޮށްފަ އެވެ.

ގައުމީ އެއާލައިން ބޭރަށް ފުޅާކުރުމަށްޓަކައި ވައިޑް ބޮޑީ އިތުރު ބޯޓެއް ހޯދަން ވެސް މިހާރު އޮތީ އިއުލާންކޮށްފަ އެވެ. މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓް މިދިޔަ ޖެނުއަރީގަި ރާއްޖެ ގެނެސް މިހާރު އަންނަނީ ޗައިނާގެ ތިން ސިޓީއަކަށް ކޮންމެ ހަފުތާއަކު ވެސް ދަތުރުތައް ބާއްވަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.