ލޯންޗަކުން ޖެހި ބިދޭސީއަކު މަރުވެއްޖެ
ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެގި މިއަދު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއް އދ. ދަނގެތީ ކައިރީގައެވެ. ހާދިސާގައި މަރުވީ ފ. ފީއަލީގައި މަސައްކަތްކުރަމުން އައި ކައްދާމް ނަމަކަށް ކިޔާ މީހެކެވެ. އޭނަ އަކީ ފީއަލީގައި ފާނަ މަސްވެރިކަމުގައި އުޅޭ މީހެކެވެ.
ކައްދާމްގެ ގައިގައި ލޯންޗަކުން ޖެހުނީ އޭނަ މަހަށް ދިޔަ ދޯނި އޮތީ އދ. ދަނގެތި ކައިރީގަ އެވެ. އެގޮތުން ސަރަހައްދުން މޫދަށް އެރި އުޅެނިކޮށް އޭނަގެ ގައިމަތިން ލޯންޗް ގޮސް ކަނދުރާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ އެވެ.
ކައްދާމްގެ ހަށިގަނޑު މިހާރު އޮތީ ދަނގެތީގެ ސިއްހީ މަރުކަޒުގަ އެވެ.