ފޮނުވާލީ 76 އިންޑިއާގެ ސިފައިން

ސެނެހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، އިންޑިއާގެ ހުރިހާ ސިފައިން މިހާރު ރާއްޖޭން ފާބައިފައިވާ ކަމަށާއި ފޭބި އިންޑިއާ ސިފައިންގެ އަދަދަކީ 76 ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތަފުސީލު ދިނުމަށް މިއަދު ކުރިއަށްދާ ޕްރެސް ކޮންފެރެންސްގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި 76 ސިފައިން ފޮނުވާލީ މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގެ މަތިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސިފައިން ތިބީ ރާއްޖޭގެ ތިން ސަރަހައްދެއްގަ އެވެ. އެއީ އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން 26 ސިފައިން، ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަން 25 ސިފައިން، އަދި ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި 25 ސިފައިންނެވެ.

މި ތިން އުޅަނދަކީ އެކި ސަރުކާރުތަކުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދުތަކެކެވެ.

ސިފައިން ފޮނުވާލި ގޮތުގެ ޓައިމްލައިން
* މާޗު 7، އައްޑޫ ގަމުގައި ތިބި 12 ސިފައިން
* މާޗު 9، އައްޑޫ ގަމުގައި ތިބި 14 ސިފައިން
* އޭޕްރީލް 7، ހަނިމާދޫގައި ތިބި 13 ސިފައިން
* އޭޕްރީލް 9، ހަނިމާދޫގައި ތިބި 12 ސިފައިން
* މެއި 7، ކައްދޫގައި ތިބި 12 ސިފައިން
* މެއި 9، ކައްދޫގައި ތިބި 13 ސިފައިން

މޫސަ ޒަމީރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ސެނެހިޔާގައި ތިބި އިރު އެއީ ސެޕްޓެމްބަރު، 2012، އިން ފެށިގެން އެ ތަނުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ކަމަށެވެ. އަދި އެއީ ދިވެހި ސިފައިން، އެމްއެންޑީއެފުން އެދިގެން ތިބި ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ފޮނުވާލާފައި މި ވަނީ، އޭގެ ބަދަލުގައި އުޅަނދުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތަށް އެ ގައުމަށް ނިސްބަތްވާ މަދަނީ ބަޔަކު ގެންނަން ދެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުން ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޒަމީރު މިއަދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ގެނެސްފައިވަނީ ކުރިން ސިފައިން ތިބި އަދަދަށް ކަމަށެވެ. އަވައްޓެރި އިންޑިއާ އަސްކަރިއްޔާއަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ބޭރުގެ އަސްކަރިއްޔާ އެވެ.

އެ ގުޅުމުގެ ތެރެއިން، އެ ގައުމުގެ ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި އުޅަނދެކެވެ. ޑޯނިއާ މަތިންދާބޯޓު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.