މޯލްޑިވިއަނުން ވައިޑް-ބޮޑީ ބޯޓެއް ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަނުން ރާއްޖެ އިން ބޭރަށް ދަތުރުތައް ކުރިން ފުޅާކުރުމަށްޓަކައި އެކަމާށް ބޭނުންވާ ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ ބޭނުން ވަނީ އެއާބަސް އޭ-330-220 މަރުކާގެ މަތިންދާބޯޓެއް ޑްރައި ލީސް އުސޫލުން ހޯދަން ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެހެންވެ އެފަދަ ބޯޓެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަމ ަހިގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އައިއޭސް އިން ބުނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ބޯޓު ފޯރުކޮށް ދޭން ޖެހޭނެ ކަމަށެވެ.

ވައިޑް-ބޮޑީ ބޯޓެއް ގެނެސް މޯލްޑިވިއަންހެ އޮޕަރޭޝަންތައް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މޯލްޑިވިއަންއަށް ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ވަނީ ނިންމައިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.