ޕީޕީއެމްޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ހޮވާ ޕްރައިމަރީ ފަސްކޮށްފި!

23 ޑިސްމްބަރު 2023 ގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް، ރައަޔިތުންގރ މަޖިލީހަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ކުރިމަތި ލާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބު ފަސްކޮށްފިއެވެ. ޕީޕީއެމްޕީއެންސީ އިން އިޢުލާނަ ކުރިގޮތުގައި ދެން ޕްރައިމަރީ އޮންނާނީ 20 ޖަނަވަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ.

އެކޯލިޝަނުން މިގޮތަށް ނިންމާފައި މިވަނީ، ޕްރައިމަރީ ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތް ތާރީޚު، ސުކޫލު ޗުއްޓީ ދުވަސްވަރާ ދިމާވުމާއި، އެދުވަސްވަރު ގިނަބަޔަކު އެކިއެކި ބޭނުމަށާއި ޢުމްރާ ފަދަ ކަންކަމަށް ޤައުމުން ބޭރަށް ދާނެތީއެވެ.

އިޝްތިހާރު Below Header ad

ކޯލިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށަ ނިންމީ ގިނަ ޢަދަދެއްގެ ކެނޑިޑޭޓުންނާއި ޢާއްމު މެމްބަރުންގެވެސް އެދުމުގެ މަތީންނެވެ.
ޕްރައިމަރީގައި ވާދަ ކުރުމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް ބެލުމަށްފަހު، ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ވޯޓު ލެވޭ މީހުންގެ ލިސްޓާއި، ވޯޓު ލުމަށް ކަނޑައެޅިފައިވާ ވަގުތު ވެސް އަންބަ ހަފްތާގެ ތެރޭގައި ޢާއްމުކޮށް އިޢުލާން ކުރާނެ ކަމުގައިވެސް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.