ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދާޚިލީ ސަލާމާތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރެއްވި އިއުލާނެއްގައި ވަނީ، އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މިވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާކަމަށެވެ. މި މަޤާމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ،

އިޝްތިހާރު Below Header ad

2021 ވަނަ އަހަރުގެ މާރިޗު މަހު ޢަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. އަދި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންވާނީ އެމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށްވެސް ޤާނޫނު ބަޔާންކުރެއެވެ. އަދި ކޮމިޝަނަރ ޢައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ޤާނޫނުގައި ބުނެފައިވާގޮތުގައި ޕޮލިސް ކޮމިޝަނަރ ޢައްޔަންކުރެވޭނީ 4 އަހަރުދުވަހުގެ ދައުރަކަށެވެ. އެ ދައުރު ފުރިހަމަވުމުން، 4 އަހަރުދުވަހުގެ އިތުރު އެއް ދައުރަށް އޭނާ އެ މަޤާމަށް ޢައްޔަންކުރެވިދާނެކަމަށްވެސް ބުނެފައިވެއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމީދު މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ރިޓަޔަރ ކުރެއްވުމުންނެވެ. އެހެންކަމުން އެކްޓިންގ ޕޮލިސް ކޮމިޝަނަރުގެ މަޤާމު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.