އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް އުނގޫފާރު އިސްލާމީ މަރުކަޒު ހަވާލުކޮށްފި

ރާއްޖޭގެ އުތުރުގައި އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް އުނގޫފާރުގައި ހުރި އިސްލާމީ މަރުކަޒު ޙަވާލުކުރައްވައިފިއެވެ. މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމް ފުޅާކޮށް ފަހިކުރުމުގެ ގޮތުން އުނގޫފާރުގެ އިސްލާމިކް ސެންޓަރ އިސްލާމި ޔުނިވަރސިޓީގެ ކެމްޕަހަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ޒާހިރުއެވެ.

އިޝްތިހާރު Below Header ad

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޑރ. އަފްރާޝީމް ޢަލީގެ ނަމުން ނަންދެވިފައިވާ މިމަރުކަޒުގައި އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ފެށިގެން ދިއުމަކީ އެމަނިކުފާނުގެ ހަނދާނުގައި ކުރެވޭނެ މަތިވެރި ޚިދުމަތެއްކަމަށެވެ.

“އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކަކީ ދިވެހިރާއްޖޭގެ އެންމެ ޢިލްމުވެރި އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުން ހިމެނޭހެން ތަރުތީބުކުރެވި އެކަށައެޅިފައިވާ ކޯސްތަކެއް. މި ކޯސްތައް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ކިޔެވުމަށް ފެތުރިގެން ދިއުމަކީ ރާއްޖެއާއި ރާއްޖޭގެ މުޖުތަމައަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް.” އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެޔުނިވަރސިޓީގެ ކޯސްތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން ރ.އަތޮޅަކީ އާބާދީގެ ނިސްބަތުން ބޮޑު އަތޮޅަކަށް ވުމާއެކު އެސަރަހަައްދުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް މިކެމްޕަސްގެ ސަބަބުން މަތީ ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

އަދި މިއީ އުތުރުގެ އެހެން ރަށްތަކުގެ ދަރިވަރުންނަށް އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަން ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ. ވައިސް ޗާންސެލަރ ވިދާޅުވީ މިކަމަކީ އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ވަރަށް ބޮޑު ކާމިޔާބެއް ގެނެސްދެވޭނެ ކަމެއް ކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޔުނިވަރސިޓީގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ރާއްޖޭގެ ދެކުނުގައި އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް ގދ.ތިނަދޫގައި ހުރި އިސްލާމީ މަރުކަޒުވެސް ދާދިފަހުންވަނީ އިސްލާމީ ޔުނިވަރސިޓީ އާއި ހަވާލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.