ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން، އާ ސިޔާސީ ޕާޓީއެއް ހައްދަވަން ނިންމަވައިފި
ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.
އެ ނިންމެވުން ނިންމެވިކަން ޔާމީނާއި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު، ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޗެނަލް 13 އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވަނީ ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަންވެސް ހާމަކުރައްވައިފަ އެވެ.
ޖަމީލު ވިދާޅުވީ، އެ ނިންމެވުން ނިންމެވީ ރައީސް ޔާމީންގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެ މަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމް މިހާރު އޮތީ ހައިޖެކް ކޮށްފައި ކަމަށާއި އެ ޕާޓީން ވަކިވެވަޑައިގެން ނަމަވެސް، ރައީސް ޔާމީން ކުރެއްވި މަސައްކަތްތައް ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވި އެވެ.
“އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރައީސް އިބޫގެ ވެރިކަން ބަދަލުކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑާޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު. އެބޭފުޅުން އެމަނިކުފާނާ ދުރަށް ހިނގައްޖެ. އެހެންކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިއުފާ ދެއްވައިފި،” ޑރ. ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވަނީ، ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފަހުން ރައީސް ޑރ. މުއިއްޒު، ޔާމީންގެ ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ގައުމަށް ހެޔޮއެދޭކަމަށް ދެއްކިޔަސް ވެރިކަން ނޫން އެހެން ކަމެއް ޔާމީން ބޭނުމެއްނުވޭ ބޮޑާކަމާ ކިބުރުވެރިކަން ފެނުނު ދުވަހަކީ ގެއަށް ބަދަލު ކުރި ދުވަހު މުއިއްޒުއަށް އިސް އުފުލާ ބަލާވެސް ނުލި މޮޅުވާނެ ކަމަށް ހީކުރިޔަސް ކުންހީއެއް