ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްފި
އާންމު ޖަލްސާތަކުގައި ބައިވެރިވެވޭގޮތަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ހުކުމް ރަށު ބަންދަށް ބަދަލުކޮށްފި އެވެ.
މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ވާހަކަފުޅުދައްކަވާ ކުރެއްވި އިލްތިމާސްތަކަށް ފަހުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ލުޔަކާއި އެކު ރައީސް ޔާމިނަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެ އެވެ. އަދި އާންމު ރައްޔިތުންނާއި ބައްދަލުކުރުމުގެ އިތުރުން ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވަނީ މައުތަބަރުކޮށް މައުލޫމާތު ލިބިފައެވެ.