މަކުނުދޫގައި މަރުވި ދެ މީހުންގެ ހަށިގަނޑު ތަހުލީލަށް މާލެ ގެންނަނީ

ހދ. މަކުނުދޫގައި ގޭސްފުޅިއެއް ގޮވައިގެން ހިނގި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރަމުން ދިޔަ ދެ ބިދޭސީ ފިރިހެނުންނެވެ. އެ ދެ މީހުންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަށިގަނޑު ޗިސްޗިސްވެ، ބައެއް ބައިތައް ވަނީ ދުރަށް ބުރައިގެން ގޮސްފައެވެ.

އިޝްތިހާރު Below Header ad

ފުލުހުން ބުނީ ފުލުހުންގެ ތަހުގީގުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ދެ މީހުންގެ ހަށިގަނޑު މާލެ ގެންނަން ނިންމާފައި ވާ ކަމަށާއި، ހަށިގަނޑަށް ދެން ހަދާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރަން ވަނީ އެދިފައެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް އެ ރަށުގައި ހަރަކާތްތެރި ވަމުން އަންނައިރު، އެމްއެންޑީއެފުން ވެސް އަންނަނީ ފުލުހުންނާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.