ފަލަސްތީނަށް އޮތް ލޯބި ހާމަކުރަން މާދަމާ އެއްވުމެއް ބާއްވަނީ

ދިވެހީންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި ހާމަކުރުމަށްޓަކާ “ދިވެހީންގެ ބޮޑު އެއްވުން،” މި ނަމުގައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިސްރާ އެއޯސިއޭޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގެ ދަށުން ބާއްވާ މި އެއްވުން ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗުގައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މި އެއްވުން ބާއްވަނީ ގިނަ މަދަނީ ޖަމިއްޔާތަކެއްގެ އެހީތެރިކަމާ ވެސް އެކުގައެވެ. އެގޮތުން މަހަލްދީބް ފައުންޑޭޝަން، ޖަމިއްޔަތުލް އަޚަވާތް، މޯލްޑިވްސް ތުރުކިޔޭ ފައުންޑޭޝަން، މާސީ، ހެޔޮ ބިންގާ ފަދަ ޖަމިއްޔާތައް ހިމެނެއެވެ.

މި އެއްވުމާ ގުޅިގެން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ މިއަދު ވިދާޅުވީ، މި ވަގުތަކީ މީ އިސްލާމީ އުންމަތެއްގެ ގޮތުގައި ތެދުވަންވީ ވަގުތު ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެންމެހާ ޖަމިއްޔާތަކާ، ސިޔާސީ ޕާޓީތަކާ، ކުދިބޮޑު އެންމެހާ މީހުން މި އެއްވުމުގައި ބައިވެރި ވުމަށް އޭނާ ވަނީ ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.