ޓީޗަރުންގެ ލައިސެންސް ހޯދަން ”ވަންގަވް” މެދުވެރިކޮށް ހުށަހެޅޭނެ

މުދައްރިސުން ރަޖިސްޓްރީކުރުމަށާއި، ލައިސަންސް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލް އިފްތިތާޙްކޮށްފިއެވެ.

މިޕޯޓަލް އިޕްތިތާހްކޮށްދެއްވީ އެކަމަށްޓަކައި އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

އިޝްތިހާރު Below Header ad

މި ޕޯޓަލްއާއެކު މުދައްރިސުން ރަޖިސްޓަރީވެ ލައިސަންސް ހޯދުމަށް ވަންގަވް މެދުވެރިކޮށް ހުށައެޅޭނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ޑިޖިޓަލް ލައިސަންސް ކާޑު ދޫކުރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފްކުރުމުގެ މަޤްޞަދަކީ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބެނުންވާ ތަޢުލީމީ ފެންވަރާއި، ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މުޖުތަމަޢު ޤަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަށާއި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާބަޔަކަށް ހެދުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

“ޓީޗިން ލައިސަންސް”ގެ އިތުރުން “ވަން ގަވް”އިން “ސްކޫލް ލީޑަރޝިޕް ލައިސަންސް” އާއި “ސްކޫލް ޕްރޮފެޝަނަލް ލައިސަންސް” އަށްވެސް މި ޕޯޓަލްއިން ހުށަހެޅޭނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.