ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް ޢަދާލަތު ޕާޓީންވެސް ނިންމައިފި!

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް އަދާލަތު ޕާޓީން ވެސް ނިންމައިފިއެވެ.

އެ ޕާޓީން ބުނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަދާލަތު ޕާޓީން މިގޮތަށް ނިންމާފައިވާއިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެމްޑީޕީން ތާއީދުކުރާނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށްކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ.

އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މި ހިނގަމުންދާ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ނިޒާމީ ވޯޓު ނުނެގޭނެ ކަމަށާއި، އެކަމަށް މަދުވެގެން 30 ދުވަސް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ މިކަމާއި ގުޅިގެން ސިޔާސީ އެކި ޕާޓީތަކުގެ ހުރީ ތަފާތު އިހުސާސްތަކެއް ކަމަށާއި، އެހެންކަމުން ބޮޑު މަސައްކަތެއް އަދި ޚަރަދެއް ދައުލަތުގެ ބަޖެޓުން ކުރާ އިރު އޮޅުންފިލުވަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެފަދަ މަސައްކަތެއް ކުރިއަށް ގެންދާއިރު، އިލެކްޝަންސް ކޮމިޝަންގެ ވެސް މަސްއޫލިއްޔަތުތަކެއްވާ ކަމަށެވެ. ފުއާދު ވިދާޅުވީ މަޖިލީހުގައި އެދިފައިވާ ހުރިހާ ކަމެއް ހަމަޖެހިއްޖެނަމަ 30 ދުވަހުގެ ތެރޭގައި ނިޒާމީ ވޯޓު ނެގިދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.