ކޯރަމް ހަމަ ނުވެގެން މަޖިލީހުގެ ޖަލްސާ ނިންމާލައިފި!

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލީހުގެ ޖަލްސާގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވި ޖަލްސާ ނިންމަވާލެއްވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފިއެވެ. 

މިއަދަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށާއި މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް މަޖިލިސް އިދާރާއިން އިއްޔެ ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

މިއަދުގެ ޖަލްސާގައި އޮތީ، ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ކުރިން އަހާފައި ވާނަމަ، އަލުން އެހުމުގެ ބަދަލުގައި މަޖިލީހުގައި ނަގާ ވޯޓަކުން ނިޒާމު ބަދަލު ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑިމޮކްރެޓްސް އިން ހުށަހަޅާ މައްސަލައެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގެ ފަސް ވަނަ ނަންބަރަކަށް އޮތީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

އެ އިސްލާހުގައި ވަނީ، ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭނަމަ، ނުވަތަ އެކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައި ވާނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމެއް ނޯންނާނެ ކަމަށެވެ.

އެއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ށ ގެ ފަހަތަށް އިތުރުކުރާ ބައެއްގެ ގޮތުގައި އެ އިސްލާހުގައި ވެއެވެ.

މިފަދަ ބޮޑު ނިންމުމެއް ރައްޔިތުންގެ ވޯޓެއް ނެތި ނިންމާ ގޮތަށް މިއަދު މަޖިލީހަށް ހުށަހަޅަން އޮތް އިރު، މަޖިލީހުގެ މެޖޯރިޓީ އޮތް، އެމްޑީޕީީގެ މެންބަރުން މިއަދުވެސް މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވައި ބޭރުގައި ތިއްބެވުމުން އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ އެ މެންބަރުން ވަޑައި ނުގަންނަވާތީ ކޯރަމް ހަމަ ނުވެ، މަޖިލީހުގެ ޖަލްސާވެސް މިއަދު ނިންމަވާލައްވާކަން އިއުލާން ކުރައްވާފައެވެ. 

ވެރިކަން ކުރުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވާ އިރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ވަނީ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރަން އެ ޕާޓީން ތާއީދު ނުކުރާ ކަމަށް ބުނެފައެވެ. އަދި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާ، އެހެން ކަމުން ކުރިއަށް އޮތް 5 އަހަރުގައި އިންތިހާބީ ރައީސް އަދި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަށް ވެރިކަން ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.