އިބޫ ނޫން ގޮތެއް ކަމަށް ޑިމޮކްރެޓްސްގެ ބައެއް ލީޑަރުން ބުނުމަކީ މާދަމާ ބަރުލަމާނީ ނޫން ގޮތެއް ކަމަށް ބުނަން ދެވޭ ޖާގައެއް: މަހުލޫފް

ޑިމޮކްރެޓްސް ގެ ބައެއް އިސް ބޭފުޅުން މިއަދު އިބޫ ނޫން ގޮތެއްކަމަށް ބުނަމުން ދިއުމަކީ ހަމަ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫންގޮތެއް ކަމަށް ބުނަށް ދެވޭ ޖާގައެއް ކަމަށް މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު ފޭސްބުކްގައި މިރޭ ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ޑިމޮކްރެޓްސްގެ ލީޑަރޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމެއްކަމަށްދެކޭ ކަމަށާއި ، މިއީ އޮތް ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެއްބަޔަކު އަނެއްބައެއްގެ އަތުގައި ހިފަންވީ ވަގުތުކަމަށެވެ. އަދި މިއީ ވިން ވިން ސިޗުއޭޝަން އަކަށް ދާންވީ ވަގުތު ކަމަށްވެސް މަހުލޫފު ވިދާޅުވެފައި ވެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މީގެ އިތުރުން މަހުލޫފު ވިދާޅުވީ މިއީ ބައެއްގެ ފިތުނައިގަ ނުޖެހި އެއްބައިވާންވީ ވަގުތު ކަމަށެވެ. މަހުލޫފު މިމޭރުމުން ވިދާޅުވެފައިވީ ނަމަވެސް، ރައީސް ނަޝީދާއި ޑޮމޮކްރެޓްސްގެ ލީޑަޝިޕާއި ގިނަ މެމްބަރުން ބުނަމުން ދަނީ ބޭނުމީ އިބޫ ނޫން ގޮތެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.