ތަޅުމަށް ނުވަދެ މި ތިބީ މަޖިލިސް އިދިކޮޅު ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީ: އެމްޑީޕީ މެންބަރުން

ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާއަށް ތަޅުމަށް ނުވަދެ ތިބީ މަޖިލިސް އިދިކޮޅުގެ ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ބުނެފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ މެންބަރުން މަޖިލިސް ތަޅުމަށް ނުވަދެ އއ ތިބީ މަޖިލިސް އިދިކޮޅު ކެމްޕެއިން ޖަގަހައަކަށް ބަދަލުކޮށްފައިވާތީ ކަމަށެވެ.

އިޝްތިހާރު Navee1 jpg

“ސަރުކާރުން ހުށަހަޅާފައިވާ މުހިންމު މައްސަލަތައް ބަހަށްޓާފަ އިދިކޮޅުން ގަރާރު ހުށައަޅައިގެން ކެމްޕެއިން ބަހުސް ކުރަނީ. އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭ.” މަވޯޓާ ވިދާޅުވެފައިވެއެވެ.

އިޝްތިހާރު

ޗާގޯސް އާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދިވެހި ސަރުކާރުން ދޫކޮށްލި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ޤަރާރުގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އެމްޑީޕީގެ މެންބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހަދައި މަޖިލީހުގެ ތަޅުމުން ވަނީ ބޭރަށް ގޮސްފައެވެ.

މިއަދު ހެނދުނު 09:00 ގައި ފަށަން ތާވަލްކުރި ޖަލްސާ އަދިވެސް ނުފެށެވެ. ޖަލްސާ ނުފެށި ލަސްވަމުން ދަނީ ކޯރަމް ހަމަނުވާތީއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތިން ފަހަރެއްގެ މަތިން ޖަލްސާ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށްވަޑައިނުގެން މަޖިލިސް ގޯތިތެރޭގައި ހުންނަ ކުޑަ ދަށުގައި އެބަތިއްބެވިއެވެ.

އެންމެފަހުން 11:00 ގައި މަޖިލިސް ފެއްޓެވުމަށްފަހު މަސައްކަތް ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ މަޖިލިސްގެ އެޖެންޑާ އާއި ގުޅޭ ގޮތުން ޝަކުވާއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް އެޖެންޑާ ކުރުމުން ލިބިފައިވާ ޝަކުވާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދިވެސް މިއަދު ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.