ރައީސް ޞާލިޙު އުޅުއްވަނީ އިންތިޚާބު ވަގަށް ނަގަން: އަދުރޭ

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ނިކުމެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނުމުން، މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަސައްކަތްޕުޅު ކުރައްވަނީ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ރީ-ރަޖިސްޓްރޭޝަން އަށް ހުޅުވާލުމާއެކު، މިހާތަނަށް 25000 މީހުން ރީ-ރަޖިސްޓާކުރުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އިޝްތިހާރު Below Header ad

އެހެން ނަމަވެސް، އެއީ ފޯމުތަކުގެ ޞައްހަކަމާއި މެދު ސުވާލު އުފެދޭކަމަށާއި، ރީ-ރެޖިސްޓްރޭޝަން ކުރިއަށްދާ ގޮތް ފާރަވެރިކަމާއެކު ބެއްލެވުމަށް އިދިކޮޅުން ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ބައްލަވަމުން ގެންދަވާ އޮބްޒާވަރުންނާއި މަންދޫބުންނާއި އަދި ސިޔާސީ ޕާޓީތަކަށް ވެސް ގޮވާލައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއެކު އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރިޔާސީ އިންތިޚާބު އިބްރާހިމް މުޙައްމަދު ޞާލިހަށް ކާމިޔާބު ނުކުރެވޭނެކަން ސަރުކާރު ހިންގާ މައި ޕާޓީއަށާއި، ރައީސް ޞާލިހަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ޑރ މުއިއްޒަށް ޔަގީނުންވެސް ވޯޓުދެއްވުމަށް ނިންމަވައިގެން ތިއްބެވި ގިނަ ފަރާތްތަކެއް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަންތަނަށް ރީ-ރަޖިސްޓާކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ހީލަތްތެރިކަމާއެކު ކުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމަ ދެން މިހާރު މި ދިމާކުރަނީ ގަދަކަމުން މި އިންތިޚާބު ވަގަށް ނަގަން. އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވަނީ ރީ-ރަޖިސްޓާކުރުމުގެ ކަންތަކަށް ފަރުވާކުޑަ ނުކުރައްވާ، ވަރަށް ގާތުން އެކަންކަން ބައްލަވަމުން ގެންދެވުމަށް ރަށްތަކުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމުތަކަށް ގޮވާލައްވާފަ އެވެ.

އޭގެ އިތުރުން ކޮންމެ ބޭފުޅަކުވެސް ރަޖިސްޓްރީވެފައިވާ ތަން ދުރާލާ ބައްލަވާ ކަށަވަރުކުރުމަށާއި، އޮޅުވާލައިގެން ރީ-ރަޖިސްޓްރީ ކުރި މައްސަލަތައް ދިމާވި ފަރާތްތަކުން ޝަކުވާ ހުށައެޅުމަށް ތައްޔާރަށް ތިއްބެވުމަށް ވެސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ.

އެއާއެކު މި ރިޔާސީ އިންތިޚާބު “ވަގަށް” ނެގިޔަ ނުދިނުމަށް ފާރަވެރިކަމާއެކު ހުރިހާ ރައްޔިތުން ނިކުމެ ރަނގަޅަށް ބަލަމުން ދިއުމަށްވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.