މޮރިޝަސް އަށް ފޮނުވި ސިޓީ ލީކުވެއްޖެ
މޮރިޝަޝްއާ ދެމެދު ހިޔާލު ތަފާތުވެފައި އޮތް ކަނޑުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުވެގެން އުޅޭ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށް ރައީސް އޮފީހުން ޔަގީންކޮށްދެ އެވެ. އަދި އެ ސިޓީ އާންމުވާން މެދުވެރިވި ގޮތް ބަލާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މޮރިޝަސަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ފޮނުއްވި ސިޓީ އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު ސަރުކާރަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކޮށް ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
އާންމުވެގެން އުޅޭ ސިޓީގައިވާ ގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުތަކުން ގެންގުޅެފައިވާ ސްޓޭންޑް ބަދަލުނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިސިޓީގައިވާ ގޮތުން ރާއްޖެއިން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެގޮތަށް އެއްބަސްވަނީވެސް އޭރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދިޔަ ކަނޑުގެ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އަސަރު ނުކުރާ ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިސިޓީ ފޮނުވާއްފައިވަނީ 22 އޮގަސްޓް 2022 ގައެވެ.
ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލަ ރާއްޖޭގެ ބާ ކައުންސިލުން ވެސް މީގެކުރިން ބަލާފައިވެ އެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު ބާ ކައުންސިލުން ވެސް ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ކަމަކަށް ސަރުކާރުން އެއްބަސްވެފައި ނުވާ ކަމަށެވެ.
ދެން ކީއްވެގެންހޭ އެ އެއްބަސްވުންތަކުގައި ބައްދައިގެން ސިއްރުކޮށްގެން ތިއުޅެނީ، އެކިއެކި ދަތުރުތަކާދިމާކޮށް ލައްކަ އެއްބަސްވުމެއްހެދި، ދިވެހިރައްޔިތުންގެ ލޯ ކުރިމަތީގައި އެކަންކުރީ، ތިހާ އަވަހަށް ހަނދާން ނެތޭނަމަ، ވެރިކަމަށް ޝަރުޠު ހަމަވާކަމާދޭތެރޭވެސް ސުވާލު އުފެދޭ، އެއްދޮގު ފޮރުވަން ހާސްދޮގު ހަދަންޖެހޭނެއޭ ބުނެއުޅެނީ ތިހެންވީމަ. މަރަށްވެސް ތެދެއްނެހެދޭނެ. މުޅިންވެސް އޮޅުވާލަންވެގެން ފޭކު އެކައުންޓްތައް ހަދައިގެން ފޭކު އެއްޗެހި ލީކުކޮށްލާފަ ނުކުމެ ތަރުޖަމާނު މިބުނަނީ އެއީ ޞައްޙަ އެއްޗެކޭ! ހީކުރަނީތަ ރައްޔިތުންނަކީ ގަމާރުންކަމަށް، ގައިމު ކަމެއްވީމަތާ އެވަރަށް ކޯޓުތަކަށް ގޮސްގެންވެސް ނުދީ ސިރުކޮށްގެން ތި ހިފަހައްޓަނީ، އެންމެފަހުން ރައްޔިތުން ޙުކުމް އިއްވީމަ އޮޅުވާލަންއުޅުނަސް ތިކަމެއްނުވާނެ. ދެންޖެހޭނީ ދޮގުމައްޗަށް ދޮގުހަދަން. ރައްޔިތުންނެއް އިތުބާރެއް ނުކުރާނެ.