އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން މުހިންމު: ނާއިބު ރައީސް

އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރާފަރާތްތަކުގެ އަގުވަޒަންކުރުމަކީ، ޤައުމެއް ނުވަތަ ރަށެއް ކުރިއަރައި ދާނެ އެންމެ މުހިންމު އެއްކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ.ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ވެލިރަން އެވޯޑް” ރަސްމިޔާތު ޝަރަވްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

“ވެލިރަން އެވޯޑް” އަކީ ނ.ވެލިދޫއާއި، އެއަތޮޅަށާއި، ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން އަންނަ ފަރާތްތަކާއި، ތަޢުލީމީ ރޮނގުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ވެލިދުއަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ދެއްވާ ޚާއްސަ އެވޯޑްއެކެވެ.

އިޝްތިހާރު Below Header ad

މިރަސްމިޔާތު ޝަރަވްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ ވެލިދުއިން އެކިއެކި ދާއިރާތަކުން އެވޯޑް ހާސިލް ކުރި ފަރާތްތަކަށް މަރުހަބާއާ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ތިމާ އަނެކާއާމެދު ރަނގަޅަށް ކަންކަން ކުރަންވީ ވަކި މަޤާމެއް ލިބުމުން ނުވަތަ ވަކި މަގާމެއްގައި ހުރެގެން އެކަނި ނޫންކަމަށާ، އަބަދުވެސް މީހުންނާދޭތެރޭގައި ހެޔޮކޮށް ކަންކަން ކުރުމަކީ އަނެކާއާއި މުޅި މުޖުތަމައުވެސް ބަލައިގަންނާނެ މުހިންމު ސިފައެއްކަމަށެވެ.

ކޮންމެ ރަށެއްވެސް ކުރިއަރައިގެން އަންނަނީ އެރަށެއްގެ ރައްޔިތުންގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މިފަދަ އެވޯޑެއްގެ ސަބަބުން ރަށުވަންތަކަމާއި، ރަށަށް ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެކަމަށެވެ.

“އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ގައުމު ބިނާމިވަނީ އެބޭފުޅުންގެ އަގުހުރި މަސައްކަތްތަކުން އެއީ ކޮންމެ ރަށެއް އަދި ކޮންމެ އަތޮޅަކުން ޙިދުމަތް ކުރަން އަންނަ މީހެއްނަމަވެސް ބަލަންވީ ކުރާކަމަކަށް، އެމީހާއަކީއެއީ އީހްލާސްތެރި ރަގަޅު ތެދުވެރި ޙިދުމަތްތެރި މަސައްކަތް ކުރާމީހެއްނަމަ އެކަން ބަލައިގަންނަންޖެހޭނެ، އެއީ ކުރާކަންތައްތަކަށް މީޙުންނަށް އެވޯޑް ދީ ކުރާކޮންމެ ކަމެއްގެ އަގުވަޒަން ކުރަން އެބަޖެހޭ އެނޫންގޮތަކަށް ތަޙްޒީބު ތަރައްޤީވެފައިވާ މުޖުތަމައުއެއް ނުހޯދޭނެ” ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމު ބިނާކުރުމުގައި އެންމެ މުހިންމު ބަޔަކީ ކާބަފައިންނާ މިހާރު ޚިދުމަތުގައި ތިއްބެވި ފަރާތްތައްކަމަށެވެ. އެހެންކަމުން ކުރިމަގުގައި ގައުމުގެ ކަންކަމާ ހަވާލުވާންތިބި އަދުގެ ކިޔަވާކުދިން ރަނގަޅު ދަރިންތަކެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިން މަސައްކަތްތެރިބަޔަކަށް ހަދާ މުޖުތައު ބަލައިގަންނަ ހެޔޮލަފާ ދަރިންތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިލްތިމާސްކުރެއްވިއެވެ.

އަދި ސްކޫލުގައި ދެވޭ ތައުލީމާއެކު މަސައްކަތްތެރިކަން ދަސްކޮށްދީ ރަނގަޅު ދިރިއުޅުމަކަށް އަހުލުވެރި މުޖުތައުއެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތަކެއް ކުރަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެވޯޑް ދިނުމުގެ ހަފްލާގައި އެކިއެކި ދާއިރާތަކުން ވެލިދޫއަށް ރީތިނަން ހޯއްދަވައިދެއްވާފައިވާ 183 ފަރާތަކަށް ވަނީ އެވޯޑް ދެއްވާފައެވެ. މިރަސްމިއްޔާތުގައި އެންމެ ޝަރަފްވެރި އެވޯޑްތައް ހަވާލުކޮށްދެއްވީރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. އެއީ ޝަރަފްވެރިވެރިކަމުގެ އެވޯޑް ހޯއްދެވި 5 ފަރާތަކަށާ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯއްދެވި 6 ފަރާތަކަށެވެ.

ވެލިދޫ “ވެލިރަން އެވޯޑް” ދިނުމަށް ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ ބަޔޮގްރަފީ ފޮތް ވެލިދޫ ކައުންސިލް މެންބަރުންނަށް ވަނީ އަރުވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.