ޒަކާތަށް ދިވެހީންގެ ލޯހުޅުވާލަދެއްވި ޝެއިޚް ޢުޘްމާން ޢަބްދުﷲގެ ޖަނާޒާ މިއަދު ޢަޞުރު ނަމާދަށް ފަހު

ޒަކާތާއި މެދު ދިވެހީންގެ ލޯހުޅުވާލަދެއްވި، އެމަޢުލޫ އުނގަންނައިދެއްވުމުގައި ދިވެހީންގެ ތެރޭގައި މަޝްހޫރު ދީނީ ޢިލްމްވެރިޔާ އައްޝެއިޚް އުސްމާން އަބްދުﷲ ވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައެވެ. އަދި ޝެއިޚްގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު (21 އޯގަސްޓް 2023) ގެ ޢަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ޝެިޚް އަވަހާރަވީއިރު ޢުމުރުފުޅަކީ80 އަހަރެވެ.

އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިޚް ޢުޘްމާން ޢަބްދުﷲ، ވަނީ ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޝެއިޚް އުޘްމާން ޢަބްދުﷲއަށް 2012 ވަނަ އަހަރު ވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެމަނިކުފާނުވަނީ ވަރަށް ގިނަ ރަށް ރަށަށް ވަޑައިގެން ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ. އަދި ޓީވީތަކާ ރޭޑިއޯތަކުންވެސް އެމަނިކުފާނުވަނީ ގިނަ އަދަދެއްގެ ދީނީ ޕްރޮގްރާމްތައް ގެނެސްދެއްވާފައެވެ.

މާތް ﷲ ޝެއިޚްގެ ފާފަތައް ފުއްސަވައިދެއްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.