ނައިބުރައީސް، އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވައިފިއެވެ. އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވީ ބުދަ ދުވަހުގެ ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ނައިބުރައީސް އެ ވޯޑުގެ ޚިދުމަތްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވިއެވެ. މިރަސްމިއްޔާތުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު Below Header ad

އެގޮތުން އައިޖީއެމްއެޗްގައި އިތުރު ޚިދުމަތްތައް ތައާރަފްކޮށް ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އޮންކޮލޮޖީ ވޯޑުގެ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިއްހީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފު ކުޑަކުރުމަށްޓަކައި މިސަރުކާރުން އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްގީ ކުރުމަށްވެސް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން ދާކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރެވިފައި ވާކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ޚިދުމަތްތައް އެ ހޮސްޕިޓަލުތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ 8 އެނދުގެ ވޯޑެކެވެ. މިވޯޑުގައި ބަލި މީހުންނަށް ޚާއްސަ 2 ފާޚާނާއާއި، ނަރސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި، ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި އިދާރީ އޮފީީހެއް ހުންނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.