ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ބިރު ދެއްކި މީހަކު މިރޭ ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށް، އީވާއަށް ބިރު ދެއްކި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރު ކޮށްފައި ވަނީ މިރޭ 22:34 ހާއިރު ކަމަށެވެ.
އެ މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.