ފަސޭހަކަމާއެކު ވުލްވްސް އެސްސީ ބަލިކޮށް ޓީމް ސާހިބާ ތަށި އުފުލައިލާފި
ޅައިމަގު ކައުންސިލް ސްޕޯޓްސް ފިއެސްޓާ، ހޭންޑްބޯލް ޗެލެންޖް 2023 ފައިނަލް މެޗުގައި ފަސޭހަކަމާއެކު ވުލްވްސް އެސްސީ ބަލިކޮށް ޓީމް ސާހިބާ ތަށި އުފުލާލައިފިއެވެ.
ޓީމް ސާހިބާ މެޗު ކާމިޔާބު ކުރީ 11-3 ލަނޑުންނެވެ. ޓީމް ސާހިބާ ޖެހި އެއް ލަނޑު ޝައިލިނީ ކަމިޔާބު ކޮށްދިންއިރު 10 ލަނޑު ކާމިޔާބު ކޮށްދިނީ ޝީޒާއެވެ. ކަސަބުގެ 3 ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަފީސާއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސާހިބާގެ 77 ޝީޒާ އިބުރާހިމްއެވެ.
ފައިނަލް މެޗަށްފަހު ވަނީ ވަނަ ވަނައަށް ދިޔަފަރާތަކަށް ޓުރޮފީ ހަވާލު ކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމް ސާހިބާގެ 77 ޝީޒާ އިބުރާހިމް އެވެ. އޭނާވަނީ މުބާރާތުގައި 27 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސަބު ޖޯޒީ ނަންބަރު 25 އާމިނަތު ޔޫއުމީ ހުސައިންއެވެ.
މުބާރާތުގެ މޮޅު ފަސްކުޅުންތެރިނަކީ ، ކަސަބު ޖޯޒީ ނަންބަރު 10 އައިމިނަދު ރަހީމާ، ހަމަ އެޓީމުގެ ޖޯޒީ ނަންބަރު 25 އާމިނަތު ޔޫއުމީ ހުސައިން ގެ އިތުރުން ޓީމް ސާހިބާގެ ޖޯޒީ ނަންބަރު 10 މަރިޔަމް ޝައިލިނީ އާއި ހަމަ އެޓީމް 25 އާމިނަތު ޔޫއުމީ ހުސައިންއެވެ. އަދި ވުލްވްސް އެސްސީ ޖޯޒީ ނަންބަރު 12 ފާތުމަތު ރީޝާއެވެ.