ވެލިދޫ ޑްރައިވިން ޓްރެކް ހުޅުވާ ޚިދުމަތް ދޭން ފަށައިފި

ވެލިދޫގައި ޤާއިމްކުރި ޑްރައިވިން ޓްރެކް ހުޅުވާ، ލައިސެންސް ދޫކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިގޮތުން މި ޑްރައިވިން ޓްރެކް ހުޅުވައިދެއްވީ އިއްޔެ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ޙުސެއިން އެވެ.

FB IMG 1690378378303 jpg
ޑްރައިވިން ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ކައުންސިލް ރައީސް އާތިފް ޙުސެއިން

ވެލިދޫ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި ވެލިދޫގައި އެއްގަމު އުޅަނދުގެ ލައިސެންސް ދޫކުރަން މިފެށީ މުޅީން އަލަށެވެ. އަދި 25 ޖުލައި 2023 އިން ފެށިގެން މި ފުރުސަތު ޢާއަމުކޮށް ވަނީ ހުޅުވާލާފައެެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
FB IMG 1690378389804 jpg
ޑްރައިވިން ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

 

މިގޮތުން މުޅީނަ އަލަށް ލައިސެންސް ނެގުމާއި، ލައިސެންސް އާކުރުމާއި، ގިންތި އިތުރު ކުރުމުގެ ޚިދުމަތްވެސް މިއާއި އެކު ލިބިގެން ދާނެ ކަމަށާއި، މި ޚިދުމަތްތަކަށް އެކައުންސިލުގައި އެދެން ޖެހޭނީ ’ސިމްސް‘ ޕޯޓަލް ބޭނުން ކޮށްގެން ކަމުގައި ކައުންސިލުން ނެރުނު ޢިއުލާނުގައި ވެއެވެ. އަދި ސިމްސް ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމުގައިވެސް ބަޔާންކިށްފައި ވެއެވެ.

މިޚިދުމަތްތައް ދިނުމަށްޓަކައި ޚިދުމަތުގެ ފީތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

FB IMG 1690378384195 jpgFB IMG 1690378371008 jpg

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.