ފުއާދުގެ އިތުބާރުނެތްކަމަށް ނިންމައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފިޤުގެ އިތުބާރުނެތްކަމަށް އެކޮމިޝަނުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވާފައި ވާގޮތުގައި ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ ފުއާދު ފިޔަވައި އެކޮމިޝަނުގައި ދެންތިބި މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ހަބީބެވެ.

އިޝްތިހާރު Below Header ad

ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ގާނޫނުގައި ބުނާ ގޮތުންނަމަ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ފުއާދުގެ މަގާމެއް ނުގެއްލޭނެއެވެ.

ފުއާދާ މެދު މެމްބަރުންގެ ނުރުހުން އަމާޒުވާން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ “ދަ ޑިމޮކްރެޓްސް” އުފެއްދުމުގެ މަރުހަލާގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެންނެވެ. އެރު މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުން ފުއާދަ އަވަސް އަރުވާލައިގެން ޕާޓީ އުފައްދަން އުޅުނީ ނުފޫޒެއްގެ ދަށުގައި ހުންނެވެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.