އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގާ އޭޓީއެމް ތަކެއް ބީއެމްއެލް އިން ބަހައްޓަނީ

ބީއެމްއެލް އިން މިއަހަރު އަލަށް ބެހެއްޓުމަށް ނިންމާފައިވާ 56 އޭޓީއެމް އަކީވެސް، އިރުގެ ހަކަަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން  ކާރލް ސްޓުމްކަ ވަނީ ބޭންކުގެ ކުރިމަގުގެ ތަސައްވަރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފައެވެ.

އިޝްތިހާރު Below Header ad

އެގޮތުން ވިދާޅުވީ، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުން ވާންވާނީ ބޭންކުގެ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތުދޭ ކަމަކަށް ކަމަށާ، ބޭންކުގެ ޕްރޮޑަކްޓްތަކާއި ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓަރގެޓް ސެގްމަންޓަށް މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ހިދުމަތަކަށް ވާން ވާނެ ކަމަށެވެ.

ކާރލް އިތުރަށް ވިދާޅުވި ގޮތުގައި މި ދާއިރާއިން ބީއެމްއެލް އިން ކުރިއެރުން ހޯދާފައިވީ ނަމަވެސް، ބޭންކުގެ ޑިޖިޓަލް ދަތުރު ހުއްޓާނުލާ ކުރިޔަށްދާންޖެހޭ ކަމަށެވެ. އަދި ބޭންކަށް ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަގޮތުގައި އޮޓަމޭޓްކުރަން ޖެހޭ ކަމަށެވެ.

ބޭންކުގެ ސްޓްރެޓަޖީ ގައި ހިމެނޭ ދެމެހެއްޓެނިވި މަސައްކަތްތަކަށް އަލިއަޅުވާލަމުން ކާރލް ވަނީ އެންވައިރަމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސް (އީއެސްޖީ) ގެ މަސައްކަތްތަކުގައި އިސް ސަފުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން ވިދާޅުވީ، ބޭންކުން އަމިއްލަ މިސްރާބެއްގައި މަސައްކަތް ކުރާއިރު އަދި ބޭންކުގެ ސްޓްރެޓަޖީ ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު އަބަދުވެސް މަސައްކަތް ކުރަމުންދާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމަށެވެ.

bml ceo
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ– ފޮޓޯ: ބީއެމްއެލް

ބޭންކުގެ ކުރިމަގާމެދު ވާހަކަ ދައްކަވަމުން ކާރލް އިތުރަށް ވިދާޅުވީ މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރައްވާ ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް ބީއެމްއެލް އިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް ކަމަށާއި، ރާއްޖޭގެ މާކެޓްގައި ބީއެމްއެލް އަށް ލިބިފައިވާ ކުރިއެރުމާއެކު މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ ކަމަށެވެ.

ފަހަކަށް އައިސް ދިމާވާ އެކި އެކި މައްސަލަތަކާއި އެކައުންޓްތަކުން ފައިސާ ގެއްލޭ ކަމަށް ބުނެ، ބީއެމްއެލްއާއި މެދު އާއްމުންގެ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.