ނ.ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމިއްޖެ

މިމަޝްރޫޢަކީ 18.39 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެއް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން  ކުރިއަށް ގެންދިޔަ ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 18.39 މިލިއަން ރުފިޔާއަށް ސަރުކާރުން އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ނ. ވެލިދޫއަކީ 2700 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށު ރައްޔިތުން ޢާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އަދި މަސްވެރިކަމުގެ ދާއިރާގައިވެސް މަދުބަޔަކު މަސައްކަތްކުރެއެވެ. ދޯނި އެހެލާ ވަކި ސަރަޙައްދެއް ނެތުމުގެ ދަތިކަން ވެލިދޫ ރައްޔިތުން ދަނީ ޒަމާނުއްސުރެ ތަޙައްމަލު ކުރަމުންނެވެ. އަދި މި ރަށަކީ ސަފާރީތައް ގިނަ އަދަދަކަށް އެހެލާ ރަށަކަށް ވާތީ، ރައްޔިތުން އުފުލަން ޖެހޭ ދަތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މިހެން މިކަން އޮއްވައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން މިހާރު މިވަނީ، މި ދަތިކަން ހައްލުކޮށްދެއްވައި ޒަމާނީ ދޯނި އެހެލާ ސަރަޙައްދެއް މި ރަށުގައި ޤާއިމުކޮށްދެއްވާފައެވެ. އެމްޓީސީސީން ދެކޭގޮތުގައި، ފުރިހަމަ ކުރެވުނު ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު، ވެލިދޫ ރައްޔިތުންނަށް ދޯނި އެހެލުމަގައާއި ސަފާރީ އެހެލުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. velidhoo boat beaching area 3 jpg webp

 

އިޝްތިހާރު Below Header ad

މިމަޝްރޫޢުގެ ދަށުން، 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދުގެ 138,247 އަކަ މީޓަރުގެ ބިންގަނޑު އެއްވަރުކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ވެލިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އާތިފް ޙުސެއިން ވިދާޅުވި ގޮތުގައި، ނ.ވެލިދޫ ބިނާވެށި ޕްލޭންގައި ވާގޮތަށް ސިނާއީ މަސައްކަތްކުރާ ސަރަހައްދުގެ އެކިއެކި މަސައްކަތްތަށް ކުރިއަށް އެބަ ދެއެވެ. އެގޮތުން ފާހަގަ ކުރެއްވި ކަންކަމަކީ،
ބޯޓްޔާރޑް ތަރައްގީ ކުރުމަށް ބިން ވަނީ ހަވާލުކުރެވިފައިވުމާއި، އޮޑި ދޯނި ފަހަރު ބަނދެ ވިއްކުމަށް 3 ބިމެއް ވަނީ ހަވާލުކުރެވިފަ
12 ގުދަން ހެދުމަށްޓަކައި ބިން ވަނީ ހަވާލުކުރެވިފައެވެ. އަދި 4 ގުދަން އިމާރާތް ކުރާނެބިން ވަރަށް އަވަހަށް އިއުލާންކުރެވިގެންދާނެ ކަމަށާއި، 4 ވޯރކްޝޮޕް ހެދުމަށް ބިން ދިނުމަށް ވަރަށް އަވަހަށް އިޢުލާން ކުރެވިގެންދާނެ އެވެ. އަދި 4 ވެހިކަލް ގަރާޖް ތަރައްޤީކުރުމަށް މިހާރުވަނީ އިޢުލާން ކުރެވިފައި ކަމުގައި އާތިފް ވިދާޅުވިއެވެ. މިއާއިއެކު ވެލިދޫގައި ކުދި މަރާމާތުތަށް ކުރުމަށް އޮޑި ދޯނި ފަހަރު،ލޯންޗް،ޑިންގީ، އަދި ބޮއްކުރާތަކަށް ފަސޭހަވެގެންދާނެއެވެ.

ގާތްގަނޑަކަށް 10 އަހަރުގެ މެދުކެނޑުމަކަށްފަހު، ސިނާއީ މަސައްކަތްތަށްކުރާ ފަރާތްތަކަށް ވެލިދޫގައި ފުރުސަތުތަށް ދަނީ ތަނަވަސްކޮށްދެވެމުން ކަމަށާއި އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސް ތަކުގައި ސިނާއީ މަސައްކަތްތަކުން ވެލިދޫގައި އިންގިލާބެއްގެނުވާނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމުގައި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ޙުސެއިން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.