ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ހއ.ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ކުންފުންޏާކާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި “ދިއްދޫ އިސްލާމިކް ސެންޓަރު” އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރުސީސީގެ ޑިރެކްޓަރ އާދަމް ރަޙީމެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
ދިއްދޫގައި އިމާރާތްކުރަން ނިންމާފައިވާ އިސްލާމިކް ސެންޓަރުގައި އެއް ފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަ އަކާއި އެކު 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއްގެ އިތުރުން އިދާރީ އޮފީހެއް ގާއިމް ކުރުމަށް ނިންމާފައިވާއިރު ލައިބްރަރީއަކާއި، 4 ކްލާސް ރޫމާއި، 2 ސެމިނަރ ރޫމަކާއި، މިސްކިތް އޭސީ ކޮށްފައި ހުރުމާއި އެކުގައި ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 50،895،299.07 ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މަސައްކަތް ވީހާވެސް އަވަހަކަށް ފަށައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.
އަދި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ، މަސައްކަތް ހަލުވިކަމާއެކު ފުރިހަމައަށް ކުރިއަށް ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.