ޕެންޝަން ސްކީމުގެ ދަށުން، ހައްޖަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ހުޅުވާލައިފި

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން، ހައްޖަ މީހުން ގެންދަން ޝައުގުވެރިވާ ފަރާތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމުގައި، ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ޤާއިމްކޮށްފައިވާ، ހައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 14 ގެ ކުރިން ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ޕެންޝަން އޮފީހަށް އެކަން އެންގުމަށް އެ އޮފީހުން ވަނީ އެދިފައެވެ.
ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމުހުއްރިޔާ ތަސްދީގުކުރެއްވީ 2019 ވަނަ އަހަރުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.