ކޭ-ޕާކް ރެސިޑެންސް އެޕާރޓްމަންޓް ގަނެފައިވާ މީހުންގެ ޝަކުވާއެއް އޮތް ނަމަ، ހުށަހެޅުމަށް އެދިއްޖެ

ހުޅުމާލޭގައި ހަންބޯ ކުންފުނިން އިމާރާތްކުރަމުންދާ ކޭ-ޕާކް ރެސިޑެންސް އެޕާރޓްމަންޓު ގަނެފައިވާ މީހުންގެ ޝަކުވާއެއް އޮތްނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް ހުށަހެޅުމަށް ފުލުހުން އެދިއްޖެއެވެ.
ކޭ-ޕާކް ރެޒިޑަންސްގެ އެޕާޓްމަންޓްތައް ހަމްބޯގެ ނަމުގައި ހަދާފައިވާ ފޯޖް ލިޔުންތައް ބޭނުންކޮށްގެން އާންމުންނަށް ވިއްކަމުން ގެންދާކަމަށް ތުހުމަތުކޮށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫ ވަނީ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ހަންބޯ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި އާބަންކޯ (ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން) އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ-ޕާކު ރެޒިޑެންސްގެ އެޕާޓުމަންޓުތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖް ލިޔުންތައް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެ އެޕާޓްމަންތައް އެކިފަރާތްތަކަށް ވިއްކައި، ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތު ކުރެވިގެން ހުށަހަޅާފައިވާ މައްސަލަ، އެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކޭ-ޕާކް ރެޒިޑަންސްގެ އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ވީ އެންމެ އަވަހަށް އެޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

police noosbayaa kpark jpg

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.