ކަންގަނާ، އިންސްޓަގްރާމުން ވެސް ބޭރުކޮށްލައިފި

ކަންގަނާ ރަނާވަތު، އިންސްޓަގްރާމުން ވެސް ބޭރުކޮށްލައިފި އެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑާއިމެދު އޭނާ ދެކެމުން އަންނަގޮތުގެ ސަބަބުން އޭނާ ވަނީ މިދިޔަ ހަފުތާގައި ޓްވިޓަރ އިން ވެސް ބޭރުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓްވިޓަރއިން ކަންގަނާ އާދެކޮޅަށް ފިޔަވަޅުއެޅީ އިންޑިއާގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.

އިންސްޓަގްރާމުން ޑިލީޓްކޮށް ނުވަތަ އެހެން މީހުންނަށް ނުފެންނަ ގޮތް ހެދީ “ކޮވިޑް ބައްޔަކީ ކުޑަ ވަގުތުކޮޅަކަށް ޖެހޭ ރޯގާއެއް ކަމަށް ބުނެ ޕޯސްޓު ކުރުމުން ނެވެ. އަދި ކޮވިޑް ދެކެ ބިރު ނުގަތުމަށާއި ބިރު ގަންނަނަމަ ކޮވިޑް މީހާ މާބޮޑަށް ބިރު ގަންނަވާނެ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވް ވެފައިވާ ކަންގަނާ ބުނެފައިވަނީ ކޮވިޑަކީ މާބޮޑު ބައްޔަކަށް ހަދައިގެން އުޅެނީ މީޑިއާއިން ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އޭނާ ފާޅުގައި މަސައްކަތް ކުރަމުން އަންނަ އިރު، ޢާންމު ތަންތަނުގައި މާސްކު އެޅުމަށް ވެސް އޭނާ ދެކޮޅު ހަދައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.