މިއުފެއްދީ ކޮންފަދަ ފިތުނަވެރިކަމެއް ހެއްޔެވެ؟-ޝެއިޚް ޒަމްޒަމް ފާރިޝް-
އަޑުހަރުކޮށް ކުރާ ނަމާދުތަކުގައި ބިސްމި ބާރަށް ނުކިޔާތީ، އެކަމާއިމެދު، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ “އިމާމް ނަވަވީ ވިދާޅުވެފައިވަނީ ޞަޙާބީންނާއި ތާބިޢީންނާއި އޭގެފަހުގެ ގިނަފިޤުހު ޢިލްމުވެރީންނާއިޤާރީންގެބަސްފުޅަކީ ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުންކަމުގައި . އެހެންކަމުގައިވާއިރު ރާއްޖޭގެ މިސްކިތްތަކުގައި އަޑުހަރުކޮށް ބިސްމިނުކިޔަނީ ކީއްވެބާ؟” މިފަދައިންނެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ޓެގް ކުރައްވާ، މައުމޫނު މި ޓްވީޓު ކުރައްވާފައިވަނީ އޭޕްރީލް 30 ވަނަ ދުވަހުއެވެ.
— Maumoon Abdul Gayoom (@maumoonagayoom) April 30, 2021
ކުރީގެ ރައީސް މައުމޫނުގެ މިޓްވީޓާއި ގުޅޭ ޚަބަރެއް ހިއްސާ ކުރައްވަމުން ޝެއިޚް ޒަމްޒަމް ފާރިޝް، އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ވަނީ، މިއީ މިވަގުތު ޤައުމުގައި އޮތް އެންމެ ބޮޑު މައްސަލަތޯ ސުވާލު އުފައްދަވާފައެވެ. އަދި ޖަލާލުއްދީން މިސްކިތުގައި ބިސްމި ބާރަށް ކިޔާކަމަށާއި، އެކަން އޮންނަނީ، އިމާމް މީހާއަށް ދޫކޮށްލާފަ ކަމަށެވެ. އަދި ޝެއިޚް ވިދާޅުވެފައިވަނީ، އިޚްތިލާފު މުޢުތަބަރު މައްސަލަތައް އެއީ އެހެން އޮންނަ ކަމެއް ކަމަށެވެ. ޝެއިޚް މިފަދައިން ލިޔުއްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރު ޕޯސްޓެއް މިއަދުގެ ވަގުތެއްގައި ޝެއިޚް ވަނީ އަނެއްކާވެސް ކުރައްވާފައެވެ. ބެލެވޭ ގޮތުގައި ޝެއިޚްގެ މިޕޯސްޓް އަމާޒުކުރައްވާފައި މިވަނީ، މައުމޫނު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އުފެދުނު ހަމަނުޖެހުމަކާއި ގުޅިގެނެވެ. މިގޮތުން ޝެއިޚް ލިޔުއްވާފައިވަނީ، މިއޮއް ހުރިހާ ދުވަހު ބިސްމި މަޑުން ކިޔާތީ އެއްވެސް މީހަކު މިސްކިތުގައި ޝަކުވާއެއް ނުކުރާކަމަށެވެ. އެކަމަކު އިހައްދުވަހު މިސްކިތުގައި ނަމާދުގެ ޖަމާޢަތަށް ނުވެސް އަރާ މީހަކު އެކަމާ ޝަކުވާ ކުރުމާއެކު މިސްކިތްތަކުގައި ޒުވާބުގެ ޝަކުވާތަކުގެ އަޑުގަދަވާން ފަށައިފި ކަމަށެވެ. ޤައުމުގައި ހުރި ބޮޑަތި މައްސަލަތަކެއް ފާހަގަ ކުރައްވައި، އެކަންކަމާއި ޝަކުވާއެއް ނުކޮށް ބިސްމި މަޑުން ކިޔާތީ ޝަކުވާ ބަނުމުން މީހަކު ހައިރާނެއް ނުވާނެތޯވެސް ޝެއިޚް ސުވާލުކުރައްވާފައި ވެއެވެ. އަދި ޝެއިޚް ވަނީ، މިއޮއްފަދަ ރަމަޟާން މަހުގެ ފަހުކޮޅަށް އެޅުމުނ މިއުފެއްދީ ކޮންފަދަ ފިތުނަވެރި ކަމެއްތޯ ސުވާލު އުފައްދަވާފައެވެ. ބެލެވޭ ގޮތުގައި މިއީ މައުމޫނު ވިދާޅުވި ބަސްފުޅާއި ގުޅިގެން ހިނގައިގެން އުޅޭ ކަމެއްގެ ސަބަބުން، މައުމޫނަށް ދެއްވާފައިވާ ބަހުގެ ޙަމަލާތަކެކެވެ.
އަޑުހަރުކޮށް ކިޔާ ނަމާދުތަކުގައި، ބިސްމި ބާރަށް ކިޔުމާއިމެދު، އެއީވެސް މައްސަލައެއް ނޫންކަމަށާއި، އަދި މަޑުން ކިޔުމަކީ އެންމެ ޞައްޙަ ގޮތްކަމުގައި ކަމަށާއި، މިއިން ކޮންމެ ގޮތަކަށް ކަންކުރިނަމަވެސް އެއީ އަރައިރުންވާން ޖެހޭފަދަ މައްސަލައެއް ނޫންކަމުގައި ދީނީ ބޮޑަތި ޢިލްމުވެރީން ދެއްވާފައިވާ ފަތުވާތައް ފެންނާން ހުރިކަން ފާހަގަ ކޮށްލެވެއެވެ. އަދި ބިސްމި މަޑުން ކިޔުމާއިމެދު ޞައްޙަ މަގުން އައިސްފައިވާ ދަލީލުތަކާއި އަޘަރުތައް އެގޮތަށް ވިދާޅުވާ ޢިލްމުވެރީން ގެންނަވާކަންވެސް ފާހަގަކޮށްލެވެއެވެ.
ބައެއް ފަތުވާތަކުގެ ލިންކުތައް:
https://islamqa.info/ar/answers/175551/
https://islamqa.info/en/answers/175551/
https://www.alukah.net/sharia/0/51325/
https://binbaz.org.sa/fatwas/10392/حكم-الجهر-بالبسملة-في-الصلاة
ސިއަރަތުގައި ތައުފީގު ވިދާޅުވާނެ ފަހުޒަމާނުގައި ނުކުންނަ ނަޖިދުވަށްހާބީން ދީން އޮޅުވާލުމުގެ ގޮތުން ނަމާދުގައި ބާރަށް ބިސްމިނުކިޔަން ފަތުވާނެރޭނެކަމަށް އެމިހާރު އެހާމަވަނީ؟
ފިތުނަ އަކަށް ވަނީ ތިމާވަރު މީހަކު ނެތްކަމަށް ދެކޭ ޝެއިޚުން ގިނަވުމުން. ކަމެއް އޮތީ މިވެނި ގޮތަކަށޭ ތިމާ ނޫން މީހަކު ބުނެފި ނަމަ ފިތުނަ އުފެއްދުން. ބަލަ އެއީ ވެސް ޞައްޙަ މަގުން ދަލީލު ލިބޭ ދައުރެއް ނޫންތަ. ފިތުނަ އުފެއްދި އޭ ގޮވަނީތީ.
Miothynuntha english link ehves ethaanga. .
https://islamqa.info/en/answers/175551/
link thake dhi neema keetho kuraan mi khabaru tha kiyaa gina meeuna arabi bas neyneyne
Mi qaumuga thunbulhi laighen miulheny shaithanun
thun bulhiblee mee hun nakee shsithaa ne key bunaa mee haaa ge shaitho nu kan maa bodu kama vedhaane e mee hun thnbulhi bahattaa fa e vany rasoolaa ge amuru fulha thabaa vumuge gothun kama vaa nama thunbulhi baalai gen thibee shaitho nun geauvaanunkamavaa nee
Gaumugaa dhimaa vefaivaa massalathaka namaadhugai
Bismin barahkiuma aee thafaathu dekameh gaumah dhimaavefaivaa massala adhuharukoh bismin nukiya vaahaka buneema enagaakah nujeheyne mihaaruves namaadhugai bismi Baarah nukiyaathee baivaru meehun evaahaka dhahkaa