ކަދުރު ފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ

ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. އަބަދަށް ދެމިގެންވާ ތަނަކީ އާޚިރަތުގެ ގޮވައްޗެވެ. އާޚިރަތުގައި ތިބާއަށް ވޭނާ ތުރާ ނުވަތަ އުފަލާ މަޖާ ލިބުން އޮތީ މިދުނިޔެއިން ޙާޞިލްކުރި އެއްޗެއްގެ މައްޗަށެވެ.

އާޚިރަތުގެ ނަތީޖާ ބައްޖަވެރިވުމަށް އެދޭމީހާ ކުރަަަަަން އެންމެ ރަނގަޅު އެއްކަމަކީ ސަދަގާތް ކުރުމެވެ. ޚާލިޞް ހިތަކައިގެން ﷲގެ ރުހުން އެދިގެން އެއިލާހުގެ މަގުގައި ކުރާ އެއްވެސް ހޭދައެއް ގެއްލެނިވެގެން ނުދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރްއަނުގެެ ބަޤަރާ ސޫރަތުގެ 265ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ:- [وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ] މާނައީ:- ”އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ثواب އާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفس ތަކުން يقين ކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ مثال އެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.“

ކޮންމެ މީހަކީ ތަނަވަސްް ކަމުގެ އަހުލުވެރިއެއް ނޫނެވެ. އެހެނަސްް އެމީހަކަށް ލިބިހުރި މިންވަރަކުން ޞަދަގާތް ކުރުމީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.

ކޮންމެ މީހަކަށްވެސް ލިބޭ ކުޑައެތިކޮޅުންވިޔަަސް ޞަދަޤާތް ކުރުމުގެ މުހިންމިކަން ބަޔާން ކޮށްދެއްވަވަމުން ނަބީކަން ޚަތިމްކުރެއްވެވި މާތްް ސާޙިބާ صلي الله عليه وسلم ގެ ކިބައިން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވަނީ އަންނަނިވި ފަދައިންނެވެ.

عَدِيَّ بْنَ حَاتِمٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ ”‏اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَة‏‏.‏ މާނައީ:- ޢަދިއްޔު ބުނު ޙާތިމް (رضى الله عنه) ވިދާޅުވިއެެެެވެ. ރަަަސޫޫޫޫޫލުﷲ (صلى الله عليه وسلم) ގެ އަހިއަަަަަހުން ތިމަން އަޑުއެެެއްސެެެެވީީީީމެވެ. ”ކަދުރު ފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ.“ 
ޞަދަޤާތުގެ ދޮރު މިހާ ބޮޑަށް ހުޅުވިފައި އޮންނައިރު, އެކަމަށް އަވަސްވާށެވެ! ދެނިޔޭގެ ޖައްވަށް ނޭވާ ހުސްކޮށްލުމުގެ ކުރިން ޞަދަޤާތް ކުރުމުގެ އާދަ ތިބާގެ ކަށީގައި ހަރުލެއްވޭތޯ ބަލާށެވެ.
ތިބާގެ ދަރިންގެ ހިތުގައިވެސް ޞަދަޤާތުގެ ލޯބި އުފައްދާށެވެ. އެކުދިން އަތުގައި ހޭދަކުރާނެ އެއްޗެއް ނެތް ނަމަ ހިނިތުންވާން ދަސްކޮށްދޭށެވެ! ހިނިތުން ވުމަކީވެސް ޞަދަޤާތެކެވެ.
تبسُّمك في وجه أخيك لك صدقة،
ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވުމަކީ ޞަދަޤާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.