ޙަލާލް އެކްސްޕޯއެއް ބާއްވައިފި

އުތުރު އެމެރިކާގެ ސިޓީއެއްކަމުގައިވާ މިސިސާރގަރ ގައި ދުނިޔޭގެ ފުރަތަމަ ޙަލާލް އެކްސްޕޯ ބާއްވައިފިއެވެ. އެސިޓީގެ އިންޓަރނޭޝަނަލް ސެންޓަރުގައި މިމަހުގެ 8-9 އަށް ބޭއްވި މި އެކްސްޕޯގައި އެޤައުމެގެ އެކިހިސާބުތަކުން މީހުން ބައިވެރިވެފައިވެއެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޙަލާލް އެކްސްޕޯ ކެނެޑާ 2019ގެ ޑައިރެކްޓަރ ނަސީރު ދީބް ވިދާޅުވީ، ދެކުނު އެމެރިކާގައި ބާރަށް ކުރިއަރަމުން އަންނަ ޙާލާލްދިރިއުޅުމުގެ ވައްޓަފާޅީގެ ތެރޭގައި ހުރި ފުރުސަތުތަށް މިކަހަލަ ޝޯ އަކުން ވަރަށް ރަނގަޅަށް ދައްކުވައިދޭކަމުގައެވެ.

 

ކެނެޑާގެ ކުންފުނިތަކުގެ އިތުރުން ބައިނަލްއަޤްޥާމީ ކުންފުނިތަކުންވެސް ބައިވެރިވި މި އެކްސްޕޯގައި ޙަލާލު ކެއިން ބުއިމުގެ ތަކެއްޗާއި، ތަފާތު ޙަލާލު އިންވެސްތްމެންޓްތަކާއި، ޙަލާލު ޓޫރިޒަމާއި، ޙަލާލު ބޭހުގެ މައުލޫމާތު ދިނުމުގެއިތުރުން ޙަލާލް ކޮސްމެޓިކްސްގެ ބާވަތްތައްދައްކާލުން އޮތެވެ.

Halal Expo 2019 111

ޙަލާލް އެކްސްޕޯ ކެނެޑާ 2019 އިންތިޒާމުކުރި ފަރާތުން ބުނަނީ މި ޙަރަކާތުގެ އެންމެބޮޑު ބޭނުމަކީ ކްނެޑާގެ ކުންފުނިތަކަށް ޙަލާލު ވިޔަފާރީގެ ކުރިމަތީ ލޯހުޅުވާލަދިނުންކަމުގައެވެ. އަދި މީގެ އިރުރުން ޙަލާލު ދިރިއުޅުމުގެ ވައްޓަފާޅީގައި އިޖްތިމާޢީ އާދި އިޤްތިޞާދީފައިދާ މާބޮޑުކަން އެމީހުންނަށް ވިސްނައިދިނުމެވެ.

 

ޙަލާލު ދިރިއުޅުމަކީ އޭގައި ދުނިޔަވީ އަދި އުޚްރަވީ ފައިދާ ވަރަށް ބޮޑު ކަމެކެވެ. މިފަދަ ދިރިއުޅުމެއް ކޮންމެ އިންސާނެއްގެ ވަށައިގެން ޤާއިމު ކުރެވިއްޖެނަމަ އިޖްތިމާޢި އަދި އިޤްދިޞާދީ ހަމަޖެހުންވެރިވެ. އަމަން އަމާންކަން ޤާއިމުވާނެއެވެ. އަޅަމެންނަށް ޙަލާލު ދިރިއުޅުމަކަށް މަގުފަހިކޮށްދެއްވާންދޭވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.