ދިވެހިން ފޮނުވި އެހީ ސްރީލަންކާގައި ބަހަނީ

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އެހީ ޖަމްޢިއްޔާގެ އިސްނެގުމާއެކު އިތުރު އެހެން ގިނަ ދިވެހި ޖަމްޢިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ ”އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން“ (International Aid Campaign) ގެފަރާތުން، ސްރީލަންކާގައި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންވި ޢާއިލާތަކަށް ދިވެހިންގެ އެހީ ބަހައިފިއެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހިންގެ ފަރާތުން ގެންދިޔަ އެހީ ހިފައިގެން ސްރީލަންކާގައި ”އައި. އޭ. ސީ.“ (IAC)ގެ ޓީމެއް އިޔްޔެވަނީ ޙަރަކާތްތެރިވެފައެވެ. ސްރީލަނކާގެ ނެގަމްބޯ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ”އައި. އޭ. ސީ.“ (IAC)ގެ އިންޓަރނެޝަނަލް ރެލޭޝަންސް ޑައިރެކްޓަރ މުޙައްމަދު ވިދާޅުވީ އެސަރަހައްދުގައި ފެންބޮޑުވެ ވަރަށްބޮޑެތި ގެއްލުންތަކެއް ވެފައިވާކަމުގައެވެ. ”ފުދޭވަރަކަށް ފަޤީރު ހިސާބެއް މިހިސާބަކީ، އޭގެ އިތުރުން ފްލަޑްގެ އަސަރު މިހިސާބަށް ފުދޭވަރަކަށް ކުރި“ ”މިހިސާބުގަނޑުގެ މީހުންގެ ޢާއްމު ދިރިއުޅުމަކީ ފުދޭވަރަކަށް ހަމަ ސިމްޕަލް ދިރިއުޅުމެއްކަން ހަމަ ފާހަގަ ކޮށްލަންޖެހޭ، ގިނަމީހުންނަކީ އޮޓޯ ޑްރައިވަރުންނާއި، ފަހާމީހުންނާއި މިކަހަލަ އަމިއްލަމަސައްކަތުގަ އުޅޭމީހުން، ގިނަމީހުންގެ އޮޓޯކަހަލަ އެއްޗެހިވަނީ މައްސަލަ ޖެހިފަ، ފަހާފޮށިކަހަލަ އެއްޗެހިވަނީ ހަލާކުވެފަ.“ އެހީ ބެހުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ މުޙައްމަދު ވިދާޅުވިއެވެ.

 

ދިވެހިންފޮނުވި އެހީއިން 30 ގެއެއްގެ ކުދިންނަށް ބޭނުންވާ ސްކޫލް ސާމާނު ހޯދައިދެވިފައިވާކަމަށް ”އައި. އޭ. ސީ.“ (IAC)އިންބުނެއެވެ. ”އެކަމު الحد لله ފާހަގަ ކޮށްލަންޖެހޭ، ދިވެހިންގެ އެހީގެގޮތުގަ މިހިސާބުގެ 30ގޭގެ ކުދިންގެ ސްކޫލްސާމާނުވަނީ ހަދިޔާ ކުރެވިފަ، މީ ވަރަށް ބޮޑު ރަޙްމަތެއް الحد لله. މިފުރުސަތުގައި އަޅުގަނޑު ބޭނުން އެންމެހާ ދިވެހިންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން“ މުޙައްމަދު ވިދާޅުވިއެވެ.

 

”އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން“ އަކީ (International Aid Campaign) ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހާލުގައިޖެހެމުުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފުރުޞަތުތައް ދިވެހިނަށް ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ. އެބައިމީހުންގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.