ވިޔަފާރި އާއި ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ލޯޖެހި އަޙްމަދު މަނިކު އަވަހާރަ ވެއްޖެ

ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ލޯޖެހި އަހްމަދު މަނިކު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވެފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ސިއްހީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްވަމުން ގެންދަވަނިކޮށް މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.

އިޝްތިހާރު Below Header ad

އަހްމަދު މަނިކު އިންޑިއާ އަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އަދި އޭގެކުރިން އައިޖީއެމްއެޗްގައި ވެސް ގިނަ ދުވަސްތަކަކު ފަރުވާ ދީފައިވެ އެވެ.

އަހްމަދު މަނިކު ވަނީ 1982 ވަނަ އަހަރު އަމިއްލަ ފޯމިއުލާއަކަށް “ތްރީ ޗޮއިސް” ގެ ނަމުގައި ފިނި ބުއިން ބާޒާރަށް ނެރެ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފަ އެވެ. އަދި އެއީ އޭނާގެ އަމިއްލަ ވިޔަފާރިއެކެވެ.

މީގެ ބައި ގަރުނެއްހާ ދުވަސް ކުރިން ރާއްޖޭގައި މަޝްހޫރުކަން ހޯދި ފިނިބުއިމެއް ކަމަށްވާ “ޑޮން ޑޮން” ބަންދުކޮށް ވިއްކުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވައި އޭގެ ފަހުން ވިޔަފާރީގައި ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަންޒަންކޮށް އަހްމަދު މަނިކަށް 2009 ވަނަ އަހަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ސަރުކާރުން ދެއްވާފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ހޯއްދެވި ކާމިޔާބީގެ އަގުވަޒަން ކުރައްވާ ލޯޖެހި އަހްމަދު މަނިކަށް ޝަރަފްވެރިކަމުގެ އިނާމު ދިވެހި ސަރުކާރުން ދެއްވާފައިވަނީ 2009 ވަަނަ އަހަރުއެވެ.

ލޯޖެހި އަހްމަދު މަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ގަލޮޅު އަވަށުގެ ކުރިއެރުމާއި ތަރައްގީއަށް ވެސް ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވުނު ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.