ސީއެސްސީ މެންބަރުކަމަށް ހަބީބާ އައްޔަނުކުރަން ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ހަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދެ ނަމަކަށް ވޯޓަށް އަހާފައެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހީ އަބްދުލް ހަސީބު އިސްމާއިލަށް ރުހުން ދިނުމަށެވެ. އެހެންނަމަވެސް ހަސީބު އައްޔަނު ކުރުމަށް ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ.

ހަސީބުގެ ނަން ފާސް ނުވުމުން ދެން ވޯޓަށް އެހީ ފާތިމަތު ހަބީބާ އެ ކޮމިޝަނަށް އައްޔަނު ކުރުމަށް ރުހުން ދިނުމަށެވެ. ހަބީބާގެ ނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ވޯޓުންނެވެ.

ހަބީބާ ސިވިލް ސަރވިސް ކޮމިޝަނާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރުއެވެ. ހަބީބާ ވަނީ ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓަރސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާޞިލު ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނާ ގުޅިވަޑައިގަތުމަށްފަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ގިނަ މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ޑިރެކްޓަރ މަޤާމުގެ އިތުރުން، އެކްޓިންގ ސީ.އީ.އޯ އަދި ލެކްޗަރަރއެއްގެ މަޤާމު 4 އަހަރުވަންދެން ހަބީބާ ވަނީ އަދާކުރައްވާފައެވެ.

2015 ސެޕްޓެމްބަރު 1 އިން ފެށިގެން ހަބީބާ މަސައްކަތް ކުރަމުން ގެންދަވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ހިންގުމާއި ހަވާލުވެހުންނެވި އިސްވެރިޔާގެ ހައިސިއްޔަތުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވީ ކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތުމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.