ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.

ބަންޑުން ޖަހާލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި “ލިއޯ ޕާލް” ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ. ގެއްލިގެން ހޯދަމުންދިޔައީ ބިދޭސީއެކެވެ.

އިޝްތިހާރު Below Header ad

އޭގެން ދަތުރުކުރި 5 މީހުންގެ ތެރެއިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށްކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި ފެނުނުއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ލޭންޑިންގ ކްރާފްޓް ދަތުރުކުރި 5 މީހުންގެ ތެރެއިން 4 މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައިވާކަމަށް އެމް.އެން.ޑީއެފްއިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.